Tuesday, July 30, 2013

ބިދޭސީ ބައެއްގެ މެދުގައި މާރާމާރީއެއް ހިނގައި އެކެއްގެ ބޯ ފަޅާލައިފި

29 ޖުލައި 2013
 
ބިދޭސީ ބައެއްގެ މެދުގައި މާރާމާރީއެއް ހިނގައި އެކެއްގެ ބޯ މިރޭ ފަޅާލައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިރޭ 11:00 އެހައިކަންހާ އިރު ގަލޮޅު، ހައުސް އޮފް ސޭލް ކުރިމަތީގަ އެވެ. ބިދޭސީ ހައެއްްކަ މީހުންގެ ދެމެދުގައި ހިނގި އެ މާރާމާރީ ހުއްޓުވާފައި ވަނީ އެ ސަރަހައްދުގައި ތިބި އާންމުންގެ ބަޔެކެވެ.

އެ މާރާމާރީގައި ޒަޚަމްވި ބިދޭސީ މީހާގެ ބޮލުން އިންޗިއެއްހާތަން ކަފައިގެން ގޮސްފައިވެ އެވެ. އޭނާގެ ބޮލާއި މޫނުގައި ވަރަށް ގިނައިން ލޭ ހުއްޓެވެ.

ބިދޭސީ ބައެއްގެ ދެމެދުގައި މިރޭ ހިނގި މާރާމާރީ އާންމުންގެ ބަޔަކު ހުއްޓުވާފައިވާ އިރު ފުލުހުން އައުމުގެ ކުރިން އެ ބިދޭސީންތައް ވަނީ ފިލައިފަ އެވެ. އަދި އެ ހާދިސާގައި ޒަޚަމްވި މީހާ ވެސް ވަނީ ފިލައިފަ އެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

No comments:

Post a Comment